އާސެނަލް މިރޭ، ވަނީ ރަށުން ބޭރުގައި ނިއުކާސްލް އަތް ދަށުވެފައެވެ. ރަށުން ބޭރުގައި ނިއުކާސްލް އަތުން އާސެނަލް ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު އާސެނަލް އޮތީ ޓޭބަލްގެ ފަސް ވަނައިގައެވެ.
ޓޭބަލްގެ ފަސްވަނައިގަ އާސެނަލް އޮތް އިރު، މިރޭ، ސިޓީއާ ބޯން މައުތު ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އެއްވަނައިގަ އޮތް ސިޓީއާ އާސެނަލްއާ ދެމެޗު އަށް ޕޮއިންޓަށް ފަރަގު ބޮޑުވެދާނެއެވެ. އެ ހާލަތުގައި ލީގު ހޯދުމަށް އާސެނަލްއިން ކުރަމުން އައި އުއްމީދުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
އާސެނަލް މިރޭ، ނިއުކާސްލް އަތުން ބަލިވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން އާސެނަލްއަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.