ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ޖާންވީ އަދި ހުޝީ ފެނިގެންދަނީ "ހޫ އިޒް ދަ މޮސްޓު ލަކިލީ ޗެލެންޖު ގައި ބައިވެރިވެގެން އުޅޭ މަންޒަރެވެ.
އެގޮތުން އެ ވީޑިއޯގައި އެންމެ ފުރަތަމަ ކައިވެނި ކުރާނީ ކާކު ތޯ ސުވާލުކުރުމުން ޖާންވީ ވަނީ ހުޝީ އާ ދިމާލަށް އިޝާރާތްކޮށްފައެވެ. އަދި އެސުވާލަށް ހުޝީ ވެސް ވަނީ އޭނާ ކަން އިޝާރާތުން ދައްކާފައެވެ.
އޭގެ އިތުރުން ފުރަތަމަ ދަރިއަކު ލިބޭނީ ކާކު ތޯ ސުވާލުކުރުމުން ވެސް ޖާންވީ ވަނީ ހުޝީ އާ ދިމާލަށް އިޝާރާތްކޮށްފައެވެ. އަދި ހުޝީ ވެސް ވަނީ އެކަމަށް އާންއެކޭ ބުނެފައެެވެ.
ދަޅަކްއިން ބޮލީވުޑަށް ތައާރަފުވި ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ގުންޖަން ސަކްސޭނާގެ ހަޔާތަށް ނެރޭ ފިލްމުންނެވެ. އޭގެ އިތުރުން "ދޯސްތާނާ 2" ކުންނާއި ކަރަން ޖޯހަރުގެ ތަހުތުން ވެސް އޭނާ ފެނިގެންދާނެ އެވެ.