ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދައާއެކު ކުރިއަށް ގެންގޮސްފައިވާ ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މި ކަމާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅު ވަނީ އަޅާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޕާކިސްތާނުގައި ހުންނަ އަފްގާނިސްތާނުގެ އެމްބެސެޑަރުގެ އޮފީހުން ބުނެފައިވަނީ މި ބައްދަލުވުމުގައި ރާއްޖެއާއި އަފްގާނިސްތާނާ ދެމެދު ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ގުޅުން އެކުލަވާލުމަށް މަޝްވަރާ ކުރި ކަމަށެވެ. އަދި އަފްގާނިސްތާނު މެދުވެރިކޮށް ސެންޓްރަލް އޭޝިޔާގެ އެހެން ގައުމުތަކާ ރާއްޖެއިން ވިޔަފާރި ކުރެވޭނެ މަގު ފަހި ކުރުމަށް ވެސް މަޝްވަރާ ކުރި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން ސަފީރު މުހައްމަދު ތޯހާއަށް އެޅި ފިޔަވަޅުގެ ތަފްސީލު ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.