އެޗްޑީސީން ޗެމްޕިއަންކަން ހޯދީ، ފައިނަލްގައި ތިން ސެޓު ދެ ސެޓުން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓް 25-20 އިން ކާމިޔާބު ކުރީ ސިފައިންގެ ޓީމެވެ. ނަމަވެސް އެޗްޑީސީން ވަނީ ޖެހިގެން އައި ދެ ސެޓު ކާމިޔާބު ކޮށްފަ އެވެ. އެއީ 31-29 އަދި 25-20 ޕޮއިންޓުންނެވެ. އެހެންނަމަވެސް، ހަތަރުވަނަ ސެޓު ސިފައިން ގެންދިޔައީ 25-17 އިންނެވެ. ނަތީޖާ ނެރެން ކުޅުނު ފަހު ސެޓުން އެޗްޑީސީ މޮޅުވީ 15-13 އިންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެ ކްލަބްގެ ހުސެއިން ޝަރީފް އެވެ. މުބާރާތުގެ 23 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ޝާމިލް މުހައްމަދެވެ. އަދި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ ޒަންޒިމިރު ޒީންބެކް އޫލޫ އެވެ.
އެސޯސިއޭޝަން ކަޕްގެ ޑްރީމް ޓީމް
އައުޓްސައިޑް އެޓޭކާ: އިސްމާއިލް ސާޖިދު (އެޗްޑީސީ)
އައުޓްސައިޑް އެޓޭކާ: އާދަމް ނަސީމް (ޑީއެސްސީ)
މިޑްލް ބްލޮކާ: މުހައްމަދު އަހުސަން (އެޗްޑީސީ)
މިޑްލް ބްލޮކާ: އާދަމް ފައިރޫޒް (އެޗްޑީސީ)
އޮޕޮސިޓް ޕްލޭޔާ: ހުސެއިން ރަޒާން (ޑީއެސްސީ)
ސެޓަރު: ހުސެއިން ޝާހިދު (ޑީއެސްސީ)
ލިބަރޯ: ސައުދު އަހުމަދު (އެޗްޑީސީ)