މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 26 ޕަސަންޓުގެ ކުރިއެރުމެކެވެ.
އެމްއައިބީން މިއަދު ނެރުނު ތިން ވަނަ ކުއާޓަރގެ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވެސް ބޭންކުގެ ޑިޕޮސިޓް ބޭސް ވަނީ ބޮޑުތަން އިތުރުވެފައި ކަމަށެވެ.
އެމްއައިބީން ބުނީ ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީގެ އެހީގައި ބޭންކު ހިންގަން ޒަމާނީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އުޖާލާ ފައިނޭންސިންގެ ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓަރގައި އެމްއައިބީގެ އެސެޓް ވެލިއު ވަނީ ފުރަތަމަ ފަހަރަށް 10 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.
ރިޕޯޓުން ފާހަގަކޮށްލެވޭ ބައެއް ކަންކަން:
1. އެމްއައިބީގެ ޑިޕޮސިޓް ބޭސް 8 ބިލިއަން ރުފިޔާއަށް އިތުރުވުން