ads
އެމެރިކާގެ ރިޔާސީ އިންތިހާބު ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވައިފި
ކަމަލާއަށް އޮތީ ހަނި ފުރުސަތެއް، ޓްރަމްޕް ކާމިޔާބީ އިއުލާންކޮށްފި
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި ވޯޓު ގުނަމުންދާއިރު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބީ އިއުލާން ކުރައްވައިފި އެވެ.
Advertisement

އިންތިހާބުގެ ވަގުތީ ގޮތުން ނަތީޖާ ދައްކާ ގޮތުން ޑިމޮކްރެޓިކްސްގެ ކެންޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވާދަކުރައްވައި ޓްރަމްޕް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓުގެ ތެރެއިން ޓްރަމްޕް އުޅުއްވަނީ 267 އިލެކްޓޯރަލް ވޯޓުން ކުރީގަ އެވެ. އިންތިހާބު ކާމިޔާބު ކުރަން ޓްރަމްޕަ ދެން ބޭނުން ވަނީ އެންމެ ތިން އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އަދިވެސް ބައެއް ސްޓޭޓްތަކުގެ ވޯޓުގެ ނަތީޖާ އިއުލާންކޮށްފައި ނުވާއިރު، އޭގެ ތެރެއިން ބައެއް ސްޓޭޓްތަކުން ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވެ އެވެ.

ކަމަލާ އަށް ލިބިފައި ވަނީ 214 އިލެކްޓަރުންގެ ވޯޓެވެ. އެހެންކަމުން މި އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ކަމަލާ އަށް މިހާރު ވަނީ ބަންދުވެފަ އެވެ.

ޓްރަމްޕްގެ ރިޕަބްލިކަން އިން ވަނީ ސެނެޓްގެ އަގުލަބިއްޔަތު ވެސް ހޯދައިފަ އެވެ. ޑިމޮކްރެޓްސް އަށް އަޣުލަބިއްޔަތު އޮތް ސެނެޓުގެ އަޣުލަބިއްޔަތު ވެސް ވަނީ ޓްރަމްޕުގެ ރިޕަބްލިކަން އިން ހޯދައިފަ އެވެ. މިއީ މިދިޔަ ހަތަރު އަހަރު ތެރޭ އެ ޕާޓީއަށް ސެނެޓްގެ އަގުލަބިއްޔަތު ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ކެބިނެޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު އޮންނަ މަޖިލީހުގެ މަތިގެ އެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އަގުލަބިއްޔަތު ލިބޭނެ ޕާޓީއެއް އެނގޭ ވަރަށް އަދި ނަތީޖާ ސާފެއް ނުވެ އެވެ.

އެމެރިކާގެ ރައީސް އިންތިހާބު ކުރަނީ ދެ ބާވަތެއްގެ ވޯޓަކުންނެވެ. އެއްވޯޓަކީ ރައްޔިތުންގެ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓެވެ. އަނެއް ވޯޓަކީ އެމެރިކާގެ ސްޓޭޓްތަކުން ދޭ ވޯޓެވެ. ސްޓޭޓްތަކުން ދޭ ވޯޓަށް ކިޔަނީ އިލެކްޓޯރަލް ކޮލެޖް ގެ ވޯޓެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ރައްޔިތުންގެ ވޯޓަށް ބަލައި އެއަށް ރިއާޔަތްކޮށްފައި އިލެކްޓޯރަލް ކޮލެޖުގައި ތިއްބަވާ އިލެކްޓަރުން ދޭ ވޯޓުގެ އަގްލަބިއްތު ލިބުމުންނެވެ. އެއީ އެމެރިކާގެ ރައީސަކީ ރައްޔިތުން ނުސީދާކޮށް އިންތިހާބުކުރާ އަދި ސްޓޭޓްތަކުގެ ވޯޓުން ސީދާ ގޮތެއްގައި އިންތިޚާބު ކުރާ ބޭފުޅަކަށް ވާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް