ads
ނުކުޅެދޭ މީހުން ފްލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓަށް ކުރިމަތިލާން ވަކި ކެޓަގަރީއެއް ހަދާ ފޯމު ހުށައެޅޭނެ ގޮތް ހަދައިފިއެވެ.
Advertisement

ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހާއްސަ ކެޓަގަރީއަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން ހުޅުވާލީ މިއަދުއެވެ. މިނިސްޓްރީން ވަނީ އެ ކެޓަގަރީގެ ޝަތުރުތަކާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތް އަދި ޕޮއިންޓު ދިނުމުގެ އުސޫލު ވެސް އާންމުކޮށްފައެވެ. 

ހައުސިން މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހެދި ކެޓަގަރީއަށް ފޯމު ހުށައަޅަން ހުޅުވާލާނީ މިމަހުގެ 24 ވަނަދުވަހުކަމަށެވެ. އަދި އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެކަަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ކެޓަގަރީ އަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ. 

މި ކެޓަގަރީއަށް ކުރިމަތިލެވޭގޮތް 

  • ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުން
  • އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުން.
  • މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވުން.

މީގެ ކުރީގެ އުސޫލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމަނާފައި އޮތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގެ ތެރޭގައެވެ.  

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ފްލެޓަށް ކުރިމަތިލާއިރު ޑިސްއެބިލިޓީ ރެޖިސްޓްރީގައި ހިމެނޭކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެކަަމަށް މިނިސްޓްރީން ބުނެއެވެ. ނޫނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބުނާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއްކަން ސާބިތުކޮށްދިނުމަށް ސިއްހީ ހިދުމަތްދޭ މަރުކަޒަކުން، ލައިސަންސް ލިބިފައިވާ ޕްރެކްޓިޝަނަރަކު ދޫކޮށްފައިވާ ލިޔުމެއް ހުށަހަޅަން ޖެހޭނެކަަމަށްވެސް މިނިސްޓްރީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;