ads
އިއްޔެ ޗައިނާ އެމްބަސީގެ ޓުވިޓާ އެކައުންޓް ސަސްޕެންޑުކޮށްފައި -- ފޮޓޯ: ނިޔުސްވަޔަރ ލަންކާ
ސްރިލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ ޓްވިޓާ އެކައުންޓް ސަސްޕެންޑު ކޮށްފި
ސްރިލަންކާގައި ހުންނަ ޗައިނާ އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓް އިއްޔެ ސަސްޕެންޑު ކުރުމަށް ފަހު މިއަދު އަލުން އަނބުރާ ސަސްޕެންޝަން ނަގައިފިއެވެ.

އެކައުންޓު ސަސްޕެންޑު ކުރީ ޓުވިޓާގެ ގަވައިދު ތަކާއި ހިލާފުވެގެން ކަމަށް ޓުވިޓާއިން ބުނި ނަމަވެސް ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެކައުންޓުން އެކިއެކި ފަރާތްތަކާއި ޒުވާބުކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

މިއަދު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކައުންޓު ސަސްޕެންޑުކުރެވުނީ "ސިސްޓަމުގެ ކުށަކުން" ކަމަށް ޓުވިޓާއިން އެމްބަސީއަށް އަންގާފައިވާ ކަމަށެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އިހުތިރާމު ކުރަންޖެހޭނެ ކަމަށާއި ނަމަވެސް ނަސްލީ ތަފާތުކުރުމަށާއި ހޭޓް ސްޕީޗް ފެތުރުމަށް ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ.

މިއަދު ޗައިނާ އެމްބަސީގެ ޓްވިޓާ އެކައުންޓުގެ ސަސްޕެންޝަން ނެގި ނަމަވެސް ޗައިނާގައި ޓުވިޓާ ބޮލޮކް ކޮށްފައި ހުންނަތާ ދިހަ އަހަރަށް ވުރެ ގިނަދުވަސް ވެއްޖެއެވެ.

"އަހަރެމެން ޓުވިޓާގެ ގަވައިދު ތަކަށް ބޯލަނބަން، އެހެންވެ އެމީހުންނަށް ހެދުނު ކުށަށް މާފަށް އެދި އަލުން ހުޅުވައިދިން. އަހަރެމެން ގަބޫލުކުރަނީ ޓުވިޓާވެސް ޗައިނާގެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ ނަމަ އެ މާކެޓުވެސް ހުޅުވޭނެކަމަށް. ބިލިއަނަކަށްވުރެ ގިނަ މީހުން ވީޗެޓާއި ވީބޯ ބޭނުންކުރޭ،" އެމްބަސީއިން މިއަދު ވަކިން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

މިއަދުވެސް އެމްބަސީ އިން ވަނީ އެގައުމުގެ ނޫސްވެރިޔަކާއި ޒާތީވެ، ދެކޮޅަށް ޓްވީޓް ކޮށްފައެވެ.

ސްރީލަންކާގެ ނޫހަކުން "ޒިންމާދާރުކަން ކުޑަ، ތެދު އޮޅޭ އަދި ނަފުރަތު އުފެދޭ ގޮތަށް" ހަބަރުތަކެއް ލިޔުނު ކަމަށް ބުނެ އެމްބަސީއިން މިދިޔަ ހަފްތާވަނީ ހުޅުވާލެވިފައިވާ ސިޓީއެއްވެސް ޝާއިއުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް