ހިޔާ ޕްލެޓްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް އެތަނަށް ފުލުހުން ވަދެ އެމިހާ ސާލާމަތްކުރީ ރޭގެ ވަގުތެގައެވެ. އެމީހާ ސަލާމަތްކޮށް އޭނާ ރަހީނުކޮށްގެން އުޅުނު 12 މީހެއްގެ ގުރޫޕެއް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.
މި މީހުން މި މީހާ ރަހީނުކޮށްގެން ގެންގުޅުނީ ހިޔާ އެޗް 9އެއްގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ ތެރޭގައެވެ.
މި މައްސަލާގައި މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓާރު އިހްސާން ވިދާޅުވީ ފުލުހުންނަށް އެ އެޕާޓްމަންޓަށް ވަން އިރު ރަހީނު ކޮށްފައި ހުރި މީހާގެ ބޯ ވަނީ ބާލާފައިކަމަށެވެ. އަދި އޭރު އެމީހާ ރަހީނު ކުރި މީހުން ތައްޔާރުވަމުން ދިޔައީ އެމީހާގެ އިނގިއްޔެއް ބުރިކޮށްލަންކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ އެމީހާ ރަހީނުކޮށްގެން ގެންގުޅުނު އެޕާޓްމަންޓަކީ ޑްރަގު މައްސަލަތަކައި ގުޅިގެން ދޭތެރެދޭތެރެއިން ފާސްކުރާ އެޕާޓްމަންޓެއްކަމަށެވެ. އަދި މި ފަހަރު އެތަނަށް ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާއި ގުޅިގެންކަމަށާއި އެހެންނަމަވެސް މި މީހާ ރަހީނު ކުރި ކޮން ސަބަބަކާއި ހުރެކަން އަދި ބުނަން ނޭގޭކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ރަހީނުކުރި މީހާއާއި މި މައްސަލާފައި ހައްޔަރުކުރި މީހުންނާއި އޮތް ގުޅުމެއް އަދި ސާފު ނުވާކަމަށް އިހްސާން ވިދާޅުވިއެވެ. އެހެންނަމަވެސް ރަހީނުކުރު ގްރޫޕްގެ މީހުން ދަންނަކަމަށް ސަލާމަތްކުރި މީހާ ބުނާކަން އިހްސާން ފާހަގަކުރެއްވިއެވެ.