މިއަދު ހެނދުނު ހިނގި މިހާދިސާގައި މަރުވެފައިވަނީ ސިންގަފޫރްގެ އަންހެން ކުއްޖެކެވެ. އޭނާ ރާއްޖެ އައިސް އުޅެނީ ސްޓަޑި ޓްއާއެއްގައިކަމަށް ފުލުހުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި މި ކުއްޖާ މަރުވީ ސްނޯކުލް ކުރުމަށް ދޯނިން މޫދަށް ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އަދި މަރުވީ އެ ކުއްޖާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ކަފައިގެން ގޮސް ލޭ މަނާ ނުވެގެންކަމަށް އެނގިފައިވެއެވެ. އެ ކުއްޖާއަށް ފަރުވާދިނުމަށް ދިގުރަށަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެރަށު މީހުން ބުނެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.