ads
ސިންގަޕޫރުގެ ސްކޫލްގެ ދަރިވަރުން މިދިޔަ އަހަރު ރާއްޖެ ކުރި ދަތުރުގައި ސްނޯކްލިން ކުރަނީ - ފޮޓޯ: އެސްޖޭއައި އިންޓަނޭޝަނަލް ސްކޫލު
ބުރަފަތީގެ ޖެހި ކުއްޖާމަރުވި މައްސަލަ ބަލަން ސިންގަޕޫރު ޓީމެއް ރާއްޖެއަށް
އދ. ދިގުރަށް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި 15 އަހަރުގެ ކުއްޖާގެ މަރުވި ހާދިސާ ހިނގިގޮތް ބަލަން ސިންގްޕޫރްގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
Advertisement

އިއްޔެ ހިނގި މި ހާދިސާގައި މަރުވެފައިވަނީ ޖެނާ ޗެން ކިޔާ ސިންގަފޫރް އަންހެން ކުއްޖެކެވެ. ސިންގަޕޫރުގެ އެސްޓީ ޖޯސެފްސް އިންސްޓްޓިއުޓް (އެސްޖޭއައި) ކިޔަވަމުން އަންނަ 15 އަހަރުގެ ޖެނާ ރާއްޖެ އައިސް އުޅެނީ ސްޓަޑީ ޓްއާއެއްގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

އެ ދަތުރަކީ އެ ސްކޫލުގެ ސާނަވީ ގްރޭޑްގެ "ނެޝަނަލް ޔޫތު އެޗީވްމެންޓް އެވޯޑް" ޕްރޮގްރާމެއްގެ ދަށުން ކުރަމުން އަންނަ ދަތުރެކެވެ. މި ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުވެސް އެ ސްކޫލުގެ ދަރިވަރުންތަކެއް ރާއްޖެ ވަނީ އައިސްފައެވެ. 

މި ހާދިސާ ހިނގި ގޮތް ބެލުމަށް އެކުއްޖާ ނިސްބަތްވާ ސިންގަޕޫރޫގެ ޓީމެއް ރާއްޖެ އައިސްފައިވަނީ މިއަދުގެގެ ވަގުތެއްގައެވެ. މި ޓީމުގައި އެ ކުއްޖާގެ އާއިލާ ބައެއް މީހުންނާއި އެ ކުއްޖާ ކިޔަވަމުން އަންނަ ސްކޫލްގެ ބައެއް އިސްވެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ. 

އެނގިފައިވާ ގޮތުގައި މި ކުއްޖާ މަރުވީ ސްނޯކުލް ކުރުމަށް ދޯނިން މޫދަށް ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހިގެންނެވެ. އަދި މަރުވީ އެ ކުއްޖާގެ ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ކަފައިގެން ގޮސް ލޭ މަނާ ނުވެގެންކަމަށް އެނގިފައިވެއެވެ. އެ ކުއްޖާއަށް ފަރުވާދިނުމަށް ދިގުރަށަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެރަށު މީހުން ބުނެއެވެ.  

އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް