ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް
ބަންކަރިން ހިދުމަތް ރޭވި ގޮތަށް ނުހުއްޓި ކުރިއަށް އެބަދޭ: ޝިމާދު
ބަންކަރިން ހިދުމަތް ރޭވި ގޮތަށް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ ހިދުމަތް ބޭނުންކުރާ އެއް އުޅަނދު މާލެ ކައިރިއަށް އައި ތެޔޮ ޑެލިވެރީއެއް ހެދުމަށް ކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓާ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޝިމާދު މިހެން ވިދާޅުވީ ބަންކަރިންގެ ހިދުމަތް ދޭން އުތުރުގައި ބާއްވާފައި އޮތް ދެ ބޯޓު މާލޭ ސަރަހައްދަށް އައުމުން ބަންކަރިން ހިދުމަތް ހުއްޓިފައިވާ ކަމަށް ބުނެ، އިދިކޮޅު ހަބަރުތައް ގެނެސްދެމުން އަންނަ "އަދަދު" ނޫހުން ފަތުރަމުން އަންނަ ހަބަރަކާ ގުޅިގެންނެވެ.

ޝިމާދު ވިދާޅުވީ ބަަންކަރިން ހިދުމަތަށް ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން މެރިން ބެލާ މާލެ ކައިރިއަށް އައީ އޯޑަރަކަށް ތެޔޮ ޑެލިވެރީކޮށްދިނުމަށް ކަމަށެވެ. މި ހިދުމަތުގައި ދެން ބޭނުންކުރާ މެރިން އެންޖެލްސް ނަމަކަށް ކިޔާ އުޅަނދު މާލެ ސަރަހައްދަށް އައިސްފައި އޮތީ ރޫޓިންކޮށް ކުރަންޖެހޭ މަރާމާތެއް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ މާލެ ސަރަހައްދަށް ރޫޓިން މަރާމާތަކަށް އެ ބޯޓު އަންނަން ޖެހުނީ މިހާތަނަށް އިހަވަަންދިިއްޕޮޅުގައި އެފަދަ މަރާމާތުކުރުމަށް ބޭނުންވާ ވޯކްޝޮޕުތައް ގާއިމުކުރެވިފައި ނެތުމުން ކަމަށެވެ.

ޝިމާދުވަނީ ފަންނީ ކަންކަމާ ގުޅޭ ހަބަރުތައް ގެނައުމުގައި ވިސްނުންތެރިކަން އިސްކުރުމަށާއި، ހާއްސަކޮށް މުހިއްމު އިންވެސްޓުމެންޓުތަކާ ގުޅޭ ހަބަރުތައް ގެނަައުމުގައި ކަން އޮތް ގޮތް ރަނގަޅަށް ބެލުމަށް އިލްތިމާސްކުރައްވާފަ އެވެ.

ބަންކަރިން ހިދުމަތުގެ އިތުރުން، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި ކްރޫއިން ބަދަލުވުމާއި ޑޮކިން ހިދުމަތާއި ކުނި އުކައިދިނުމާއި ޓަގް ސާވިސަސްގެ އިތުރުން މެއިންޓަނެންސް ހިދުމަތްތައް ވެސް އެ ސަރަހައްދުން ފޯރުކޮށްދެ އެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް