ads
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައިސް ޑރ. މުއިއްޒު
ސިޔާސީ ވާދަވެރިން ޖަލަށްލާތަން ދެން ނުފެންނާނެ: ރައީސް
ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހުގެ ތެރެއިން ސިޔާސީ ވާދަވެރިޔާ ހިފާ ހައްޔަރުކޮށް، ޖަލަށްލާ ތަން ދެން ނުފެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެމަނަިކުފާނު ވެރިކަމަށް ވަޑައިގެން، ރާއްޖޭގައި ޒަމާނުއްސުރެ އޮތް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހު ނައްތާލާފައިވާކަމަށެވެ. 

" އަޅުގަނޑުގެ ވާދަވެރިޔާ އެއީ، ސިޔާސީ ވާދަވެރިއަަށްވާތީ ހިފާ ހައްޔަރުކޮށް، ޖަލަށްލީ ތަނެއް، މިދިޔަ އެއް އަހަރު ތެރޭގައެއް ނުފެންނާނެ. ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ބަދަލު ހިފުމުގެ ގޮތުން ކުރިން މީހުން ޕްރޭމްކޮށްގެންނާއި އެކި ގޮތް ގޮތުން އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށް ޖަލަށްލާފައިވާކަމަށެވެ. އަދި އެކަމުގައި ތިމާގެ މީހެއް އެކުވެރިއެއް ބެލުންނެތްކަންވެސް ރައީސް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ސިޔާސީ މީހަކު ވެއްޖެއްޔާ އެމީހަކު ދުރައްލާ އަނިޔާދިން ޒަމާން މި ވެރިކަމާއި އެކު ތާއަބަދަށް ނިމިގެން ގޮސްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ރިޔާސީ ކޮމިޝަން ފަދަ ކޮމިޝަންތައް ހަދައިގެން ސިޔާސީ މީހުންގެ ކަންކަން ނުބަލާނެކަމަށެވެ. އެހެންނަމަވެސް ނުހައްގުން ފައިދާ ހޯދާ ދައުލަތުން ވައްކަން ކުރި މީހުންގެ މައްސަލަ އެކަމަށް އޮންނަ ނިޒާމުގެ ތެރެއިން ބަލާނެކަމަށެވެ. އެގޮތުން އެކަންކަން ބަލާނީ އެކަމަށް ކަނޑައެޅިފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިންކަމަށެވެ. 

" އެކަމަކު ކުރީގައި ފެނުނު ގޮތަށް، އެކި ކަހަލަ ކޮމިޝަންތައް ހަދައިގެން، ސިިޔާސީ ގޮތުން މީހުންގެ ފަހަތުން ދުވެ، ގައުމުގެ ހަމަޖެހުން ނަގާލުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން." ރައީސް ވިދާޅުވިއެވެ.

ރައީސް  ވަނީ މިވެރިކަމުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނާނެކަމަށް އެންމެ ފުރަތަމަ ދުވަހު ވިދާޅުވި ގޮތަށް އެކަން ކޮށްފައިވާކަމަށެވެ. އަދި އޭގެ ބަދަލުގައި ޝަރުއީ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެ މަސައްކަތުގެ ދަށުން ކްރިމިނަލްކޯޓުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ހުޅުވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް