ads
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ
އާއްމުންގެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާއިން 6.6 ބިލިއަން ދީފިން: ރައީސް
ސަރުކާރުން ރައްޔިތުން ލައްވާ މަސައްކަތްކުރުވާފައި ނުދައްކާ ހުރި އެތައް ބިލްތަކަކަށް މިހާރު ފައިސާ ދައްކާ ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާހައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުން ލަެްވާ މަސައްކަތް ކުރުވާފައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ އެބަހުރިކަމަށެވެ. 

އެ ބިލްތަކުގެ ތެރެއިން 5 މިލިއަަށްވުރެ ދަށުގެ ރައްޔިތުންގެ ހުރިހާ ބިލަކަށް ފައިސާ ދީން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އަޅުގަނޑުމެންވާނީ 5 މިލިއަަނާއި ހަމައަށް ނާރާ 5 މިލިއަނުން ދަށުގެ ބިލެއްވިއްޔާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި އޮތް، 5 މިލިއަނަށްވުރެ ދަށުގެ ރައްޔިތުންގެ ހުރިހާ ބިލަތަކަށް ފައިސާ ދީ ނިންމައިފިން. " ވަރަށް ޖޯޝާއެކު ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިިދިޔަ ހަފްތާގައި އެކަނިވެސް 501 މިލިއަން ރުފިޔާ މިހާރު  ޖަމާކޮށްދީފައިވާނެކަަމަށެވެ. އަދި އެކަން މިހާރު އެކުންފުނިތަކަށް އެނގޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" މިދިޔަ 51 ހަފްތާއާއި ދެ ދުވަސްތޭރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ ، މީ އެސްއޯއީތަކަކަށް ނޫނޭ. އާއްމު ކުދިކުދި ވިޔަފާރިތައް މެދު ފަންތީގެ ވިޔަފާރިތައް ލައްވާ ސަރުކާރުން ކުރުވާފައި ހުރި މަސައްކަތްތަކަށް ދިން ފައިސާ. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޖުމްހޫރި ދުވަހުގެ ޖަލްސާގައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިން ޑިވޮލޮޕްމަންޓް ފަންޑު، މިއަދާ ހަމައަށް 78 މިލިޔަން ޑޮލަރު ޖަމަކޮށްފައިވާކަަމަށެވެ. އަދި މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރަށް އެރުވުމަކީ އަމާޒެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" 2 މިލިޔަނުން 78 މިލިޔަން ޑޮލަރަށް. އޭގެ ބޭނުން އެކިފަހަރު އެކި ޕޭމަންޓްސް ހެއްދުމަށް ހަމަ ރައްޔިތުންގެ ހައްޤުގައި އަޅުގަނޑުމެން އެކި ޕޭމަންޓްސް ހަދައި އަނެއްކާ އެ ރިޕްލޭސް މިކުރަނީ. އެހެންވީމަ އަމާޒަކީ 78 މިލިޔަނުން 100 މިލިޔަން ޑޮލަރަށް އަދި މިއަންނަ އަހަރު ނިމެންވާއިރަށް 150 މިލިޔަން ޑޮލަރާ ހަމައަށް ގެންދިއުން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުން މުއްސަނދި ކުރަމުން، އެ މީހުންނަށް ދޭން ޖެހޭ ފައިސާ ދެމުން އަދި ރައްޔިތުންނަށް ލިބެން ޖެހޭ ފައިސާވެސް ހޯދައިދިނުމަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް