ads
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން
ކުރަނގި އޮޕަރޭޝަންގެ ދަށުން 10000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް މިދިޔަ މެއި މަހު ފެށި އޮޕަރޭޝަން "ކުރަނގި"ގެ ދަށުން 10،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި އެވެ.
Advertisement

ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ތަފުސީލު ދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ މި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 

އިހުސާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ކުރަނގި ރާއްޖޭގެ 138 ރަށެއްގައި މިވަގުތު ކުރިއަށްދާކަމަށެވެ. އަދި މީގެ ތެރެއިން 10،000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒެއް އަންނަ އަހަރުގެ އޭޕްރީލްއާއި ހަމައަށް މިމަސައްކަތް ނިންމުން. އަޅުގަނޑުމެންވާނީ ރާއްޖޭގައި ކުދި ވިޔަފާރިތަކަށް ހުރަސްތަކެއް އަޅަމުންދިޔަ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވާ އެފަދަ ވިޔަފާރިތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ފުރުވާލުމުގެ އިންތިޒާމުވާނީ ހަމަޖައްސާފައި." މިނިސްޓަރު ވިދާޅުވި އެވެ.


މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދިޔަ 5000 އެއްހާ ބިދޭސީން މިހާރު ރައްޖެއިން ފުރުވާލާފައިވާކަމަށެވެ. އެހެންކަމުން މިދާއިރާއިން ބޮޑު ބަދަލަކާ ދިމާއަށް ދިޔުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަނގަޅު މިސްރާބަކަށް މަސައްކަތްކުރެވެމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނަގައި، ގަވާއިދަށް ފެއްތުމުގެ މަސައްކަތް ނިމޭއިރު، މައުލޫމާތު ކަށަވަރު ނުވާ އެއްވެސް ބިދޭސީއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް އިހުސާން ވަނީ ކުރިން ވިދާޅުވެފަ އެވެ. ތިން އަހަރަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ އޮޕަރޭޝަން ނިމޭއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މުޅިން ވެސް ތިބޭނީ 100 ޕަސެންޓް ވެރިފައި ކުރެވިފައިވާ ބިދޭސީން ކަމަށް ހެދުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް