އިންޑިއާގެ ބެންގަލޫރުގެ އާޓީ ނަގަރުގައި ހުރި ހޮޓަލެއްގެ ކޮޓަރިން ހަސަން ސުހައިލްގެ ހަށިގަނޑު ފެނުނީ ބުދަ ދުވަހު އެވެ. ހޮޓަލުގެ މުވައްޒަފުން ގުޅުމުންނާއި ކޮޓަރިން ބޭރަށް ނުނިކުތުމުން ބެލިބެލުމުގައި އޭނާ ވަނީ މަރުވެފައިކަމަށް އިންޑިއާ ނޫސްތަކުން ރިޕޯޓު ކުރެއްވެ.
އިންޑިއާ ފުލުހުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު ހޮޓަލު ކޮޓަރީގައި ހޮޑުލާފައި ހުރި ކަމަށެވެ. އަދި މަރުވި ސަބަބު ކަމަށް ބެލެވެނީ ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ހަޓް އެޓޭކް އެއް އައިސްގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ސުހައިލްގެ ދަތުރު ޕްލޭންގައި ބޯޕާލް، މުންބާއީ އަދި ދިވެހިރާއްޖެއަށް ދިއުން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އޭނާ ޕްލޭން ކުރި ގޮތަށް ދަތުރު ނުކުރާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލައިގައި ދިވެހި އެމްބަސީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ޕޯސްޓްމޯޓަމްގެ ކަންކަން ކުރިއަށް ގެންދާނީ އާއިލާގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެ އެވެ.