މި ރަށްތަކުގެ ތެރޭގައި 20 އަހަރާއި 30 އަހަރު ވެފައިވާ ރަށްތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި މައްސަލައަކީ ރާއްޖޭގެ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު އަދި އެންމެ ޒަމާންވީ މައްސަލަ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްތަކެއް ކުރި ނަމަވެސް، އަދި ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި ރަށްތަކާ މެދު އަމަލުކުރާނެ ގޮތްތަކެއް އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި ނިންމާފައިވާ ކަމަށާއި، ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބު ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މި މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، ރަށްތައް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވާލާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
- ޓޫރިޒަމަށް ދޫކޮށްފައިވާ 58 ރަށެއް އަދިވެސް ނުހުޅުވި އޮތް
- 20-30 އަހަރު ވެފައިވާ ރަށްތައް ހިމެނޭ
- މި މައްސަލައަށް ހައްލެއް ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވޭ
- ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދޭ