ads
އުއްތަމަ ފަނޑިޔާރު އަދި ހައިކޯޓުގެ އިސްފަނޑިޔާރު
ފަނޑިޔާރުންގެ ވީކެންޑް ދަތުރުތައް ޖޭއެސްސީއަށް އަންގަން ޖެހޭ
އުއްތަމަ ފަނޑިޔާރު އަދި އިސްފަނޑިޔާރުން ހަފްތާ ބަންދުތަކުގައި އަދި ބަންދު ދުވަސްތަކުގައި ކުރައްވާ ދަތުރުތަކުގެ މައުލޫމާތު ޖޭއެސްސީއަށް އަންގަން ޖެހޭ ކަމަށް ޖޭއެސްސީން ބުނެފިއެވެ.
Advertisement

އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފުތާ ބަންދު ދުވަސްތަކާއި ރަސްމީ ބަންދު ދުވަސްތަކުގައި ރަށުން ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމިޝަނަށް އެކަން އަންގަންޖެހޭ ގޮތަށް އެ ކޮމިޝަނުން ހަމަޖެއްސީ މިދިޔަ ހަފްތާގައެވެ. 

ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ބުނީ ކޮންމެ ފަނޑިޔާރަކު ވެސް އޭނާގެ ހުރިހާ ވަގުތެއް އެކަމަށް ހުސްކުރަންވާނެ ކަމަށް ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނު އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ބަޔާން ކޮށްފައިވާތީ ހަފުތާ ބަންދާއި ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު/ދާއިރާ ނުވަތަ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށެވެ.

ޖޭއެސްސީން ބުނީ އުއްތަމަ ފަނޑިޔާރާއި ހައި ކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުތަކުގެ އިސް ގާޒިން އަދި އިސް މެޖިސްޓްރޭޓުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އަންގަން ޖެހެނީ ޖޭއެސްސީއަށެވެ. އަދި އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެކަން އުއްތަމަ ފަނޑިޔާރަށް އަންގަން ޖެހޭއިރު، ހައި ކޯޓުގެ ފަނޑިޔާރުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ އެ ކޯޓުގެ އިސް ފަނޑިޔާރަށް އަންގަން ޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް