ads
މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވުން
56.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މިއަދު ނިމޭނެ
އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ނިންމާލަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވައިފިއެވެ.
Advertisement

އަންނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ބަހުސް މިއަދު ނިންމާލަން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމައިފި އެވެ.

ބަހުސްގައި ބައިވެރިވާން ބޭނުންވާ މެންބަރުން މިއަދު ހެނދުނު 9:30 ގެ ކުރިން އެކަމަށް އެދުމަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ މި ބަޖެޓުގައި، އަންނަ އަހަރުގެ ޖުމުލަ ހަރަދު 49.2 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މީގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދު ކަމަށާއި 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދު ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ޓެކްސްއިން 29.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން އަށް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

ބަޖެޓުގެ ޖުމުލަ އަދަދަކީ 56.6 ބިލިއަން ރުފިޔާ

ޖުމުލަ ހަރަދު 49.2 ބިލިއަން ރުފިޔާ

ރިކަރަންޓް ހަރަދު: 35.9 ބިލިއަން ރުފިޔާ

ކެޕިޓަލް ހަރަދު: 13.3 ބިލިއަން ރުފިޔާ

ޓެކްސް އާމްދަނީ: 29.2 ބިލިއަން ރުފިޔާ

ހިލޭ އެހީ: 2.6 ބިލިއަން ރުފިޔާ

ބަޖެޓް ބަހުސް މިއަދު ނިމޭނެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް