ހީނާ އިންސްޓަގްރާމް ސްޓޯރީއެއްގައި ހިއްސާކުރި ފޮޓޯއެއްގައި އޭނާގެ ފައިގައި ލިބިފައިވާ އަނިޔާ ފެންނަން ހުއްޓެވެ. އެ ފޮޓޯއާއެކު އޭނާ ލިޔެފައިވަނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލެވުނު ނަމަވެސް މިފަދަ ކުދިކުދި އަނިޔާތައް ވަރަށް ބޮޑަށް ހޭނިފައިވާކަމަށެވެ.
ހީނާއަށް އަނިޔާވެފައި
ސްޓޭޖް ތްރީ ބްރެސްޓް ކެންސަރާ ކުރިމަތިލަމުންދާއިރު ވެސް ހީނާ އަންނަނީ އުފާވެރި ދިރިއުޅުމެއް އުޅެމުންނެވެ. އަދި އޭނާގެ ފޮލޯވަރުންނަށް ހިތްވަރުދެމުންނެވެ. އަނިޔާ ލިބުނު ފަހުން ނެގި އަނެއް ފޮޓޯގައި އޭނާ ފެނިފައިވަނީ ޕިންކު ކުލައިގެ ނައިޓްސޫޓެއް ލައިގެން ހިނިތުންވެފައި އިންނަ ތަނެވެ.