ads
ފޮޓޯ: މޯލްޑިވްސް އިންސައިޑާ
މަންޓާ އެއާގެ ޗާޓާޑް ފްލައިޓުތައް މެދުކަނޑާލައިފި
މަންޓާ އެއާގެ ޗާޓާޑް ފްލައިޓްތައް މެދުކަނޑާލައިފި އެވެ.

މަންޓާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެ ކުންފުނުން މިހާރު ކުރިއަށް ގެންދިއުމަށް ތާވާލުކޮށް ރާވާފައިވާ ހުރިހާ ޗާޓާޑް ފްލައިޓުތަކެއް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. 

މި ވަގުތަށް ފްލައިޓްތައް މެދުކަނޑާލަން ނިންމި ނަމަވެސް ކުރިއަތް އޮތް ތަނުގައި ހާލަތު ރަނގަޅުވުމުން ދަތުރުތައް އަލުން ފަށާނެ ކަމަށް މަންޓާއިން ބުނެ އެވެ. 

މަންޓާ އެއާއ އިން އެ ކުންފުނީގެ ޗާޓާޑް ފްލައިޓްތައް ހުއްޓާލާފައި ވާއިރު، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެ ސަރަހައްދުން އޮޑިދޯނިފަހަރު ފުރުމާއި އައުން ވަނީ މަނާކޮށްފަ އެވެ. އަދި މިއަދު މާލެ އަންނަން ހަމަޖެހިފައިވާ އުޅަނދުތައް ވެސް މާލެ ކައިރި އެހެން ސަރަހައްދުތަކަށް ދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް