ads
ބުޅާތަކަށް ބޭސްދިނުމުގައި މަސައްކަތްކުރާ ފީލައިން ވެލްފެއަރ އޯގަނައިޒޭޝަން މުވައްޒަފުންނާއި އެކު ވަޒީރު ރަމީލާ
ބުޅާ ފެސިލިޓީއަށް ސާޖިކަލް އިކުއިޕްމަންޓް ގަންނަނީ
މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގައި ހަދާފައިވާ ބުޅާ ފެސިލިޓީ "އޮޅު ހިޔާ" އަށް ބޭނުންވާ ސާޖިކަލް އިކުއިޕްމަންޓް ގަތުމަށް އިއުލާނު ކޮށްފި އެވެ.
Advertisement

ކައުންސިލުން ބުނީ މި ސާމާނުގެ ތެރޭގައި އިންޖެކްޝަނާއި ޔުރިނަރީ ކެތީޓާ އަދި މާސްކާއި އަންގި ފަދަ ސާޖަރީތަކަށް ބޭނުންވާ ތަކެތި ހިމެނޭ ކަމަށެވެ. މި ސާމާނު ސަޕްލައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ އެވެ.

ހުޅުމާލޭ 2 ގައި 5،000 އަކަފޫޓުގެ ބިމެއްގައި ހަދާފައިވާ މި ފެސިލިޓީ ހުޅުވީ މި މަހުގެ 10 ވަނަ ދުވަހު އެވެ. މިއީ މާލެ ސަރަހައްދުގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ހަދާފައިވާ ތަނެކެވެ.

މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ހިމެނެ އެވެ. އަދި ފާމަސީއަކާއި ބުޅާތަކަށް ދުވެ އުޅެވޭ ސަރަހައްދެއް ވެސް ހަދާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މި ބިޑުގައި ބައިވެރިވެވޭނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި އަމިއްލަ ވިޔަފާރިތަކަށް ކަމަށް ކައުންސިލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް