ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކު ސަރަހައްދުގައި ބަރަހަނާކޮށް ހުރެ ސިނގިރޭޓު ބޯ މަންޒަރު ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ކަމަށެވެ.
އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.