ބާލިން މެރަތަންއަކީ ދިވެހިން މީގެ ކުރިން ވެސް ވަރަށް ގިނައިން ދުވާ މެރަތަންއެކެވެ. އެ މެރެތަންގައި ދުވެ ދިވެހިން ގައުމީ ރެކޯޑްތައްވެސް ހަދާފައިވެއެވެ. މި ފަހަރުގެ ބާލިން މެރެތަންގައި ބައިވެރިވުމުގެ ފުރުސަތު އެތުލެޓިކްސް އެސޯސިއޭޝަން ހުޅުވާލައިފައިވަނީ ނޮވެމްބަރު 27-30 އަށެވެ. އަދި 1-2 ޑިސެމްބަރަށް ފޯމުތައް ޗެކުކޮށް ތަރުތީބުކުރުން ކުރިއަށްދާއިރު, 3-12 އަށް ކުރިއަށްދާނީ ފައިސާ ބަލައިގަތުމެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު މެރަތަންތަކުގެ ތެރޭގައި ހިމެނޭ ބާލިން މެރަތަން އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.