ޓުޓޯ ސްޕޯޓްއިން 2003 ވަނަ އަހަރުން ފެށިގެން، ޔޫރަޕްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވައެވެ. ޔަމާލް އަކީ މި އެވޯޑް ހާސިލްކުރި އެންމެ ހަގު ކުޅުންތެރިޔާ އެވެ. ގޯލްޑެން ބޯއީ އެވޯޑް ހާސިލްކުރިއިރު ޔަމާލްގެ އުމުރަކީ 17 އަހަރާއި ހަތަރު މަސްދުވަހެވެ. މި އެވޯޑަށް ޔަމާލްއާ ވާދަކުރީ ތުރުކީ އަދި ރެއާލް މެޑްރިޑްގެ ހުނަރުވެރި މިޑްފީލްޑަރު، އާރދާ ގުލާ އާއި ފްރާންސްގެ ޕީއެސްޖީގެ މިޑްފީލްޑަރު، ވަރެން ޒަޔަރް-އެމެރީ އެވެ.
ޔަމާލް ވަނީ މިދިޔަ މަހު ބޭއްވި ބެލަންޑިއޯ އެވޯޑްގައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޯޕާ ޓްރޮފީ ހާސިލްކޮށްފަ އެވެ. އަދި، މި ފަހަރުގެ ބެލަންޑިއޯގެ ނޮމިނޭޝަންގައި ޔަމާލް ދިޔައީ އަށްވަނަ މަގާމަށެވެ.