ads
އިމިގްރޭޝަން އޮފިސަރުން މާލޭގެ ފިހާރައެއް ބަލަނީ
ބިދޭސީންނާ ގުޅުން ހުރި ކަމެއްގަ އިމިގްރޭޝަންގެ އޮފިޝަލުންތަކެއް ރިޝްވަތު ހިފި މައްސަލައެއް
ގާނޫނާ ހިލާފަށް ބިދޭސީންނާ ގުޅޭ ބައެއް ކަންކަންކޮށް، މީހުން އަތުން ރިޝްވަތު ނަގަމުންދިޔަ އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އިހުސާން މިރޭ ވިދާޅުވީ، ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާއި ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެއްމެ ހަރުކަށިފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް އަންގަވާފައިވާ ކަމެއް ކަމަށެވެ.

އެގޮތުން މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެކަންކަމެއްނޫން. މި މައްސަލާގައި މިހާރުވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައި،" އިހުސާން ވިދާޅުވި އެވެ.

މިފަދަ ކަންކަމުން ދުރުވުމަށް ވެސް އިހުސާން ވަނީ ސަރުކާރުގެ މުވައްޒަފުންނަށާއި ޔުނިފޯމް ބޮޑީތަކުގެ އޮފިޝަލުންނަށް އިލްތިމާސްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މި ސަރުކާރުން އެކަން ކުރަމުންދަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. މި މަސައްކަތަށް އާންމުންގެ ތަރުހީބު ވެސް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް