ރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ. މި ނަތީޖާއާއެކު ދެ ވަނައިގައި އޮތް އާސެނަލަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.
ރޭގެ މެޗުގައި އާސެނަލުން ލީޑުނެގީ، ގަބްރިއެލް މަގަޅައެސްގެ ލަނޑުންނެވެ. އާސެނަލްގެ ދެވަނަ ލަނޑޫ ޖެހީ ލެއަންޑްރޯ ޓްރޮސާޑްއެވެ. ޕެނަލްޓީ އަކުން ތިންވަނަ ލަނޑު ޖެހީ މާޓިން އޮޑެގާޑްއެވެ. އަދި ހަވާޓްޒް ވަނީ އާސެނަލްގެ ހަތަރުވަނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ލަނޑު ލިސްޓުން ޖާގަ ހޯދާފައެވެ. އާސެނަލްގެ ފަސް ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ސަކާ އެވެ.