ads
ހައްޖު ކޯޕަރޭޝަނުން ގެސްްޓްހައުސް ހަދާނީ މިނިސްޓަރު ޒަމީރުގެ ކަންބޮޑުވުން
ހައްޖު ކޯޕަރޭޝަނުން ގެސްޓުހައުސް ހަދާ ފަތުރިވެރިކަމުގެ ވިޔަފާރިއަށް ވަނުމުން އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ޒަމީރު މިހެން މި ވިދާޅުވީ ކ. މާފުށީގައި ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުން މަޖިލީހުގެ މެމްބަރަކު ކުރި ސުވާލަަކަށް ޖަވާނު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ފަތުރިވެރިކަމުގެ ވިޔަފާރިއަށް ވަންނަން ނުޖެހޭކަމަށެވެ. އެގޮތުން އެދާއިރާގައި ވިޔަފާރި ކުރާނެ ކުންފުނިތައް ސަރުކާރުގައި އެބަހުރިކަމަށާއި  ހައްޖު ކޯޕަރޭޝަން ގެސްޓް ހައުސް ހަދައިގެން ހިންގުމުން އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ޒަމީރު ވިދާޅުވިއެވެ. 

" ޓްއަރިޒަމްއަށް އިންވެސްޓް ކުރެވޭނެ ކުންފުނި އެބަހުރި ސަރުކާރު އެސްއޯއީތަކުގައި، އެހެންކަމުން ހުރިހާ ކުންފުނިތަކުން އެޗްޑީސީއާ، ނޫންކަމަށްވެއްޖެއްޔާ ހައްޖު ކޯޕަރޭޝަނާއި ނޫނީ ފެނަކައާ، އެންމެން ގެސްޓް ހައުސްއާއި ރިސޯޓް ހެދީމަ އަޅުގަނޑަށް ހީވަނީ އޭގެ ނަތީޖާ ރަނގަޅެއް ނުވާނެހެން. އެއީ އަޅުގަނޑުގެ ޝޯޓް އާންސާއަކީ ތިޔަށް." ކޯޕަރޭޝަންގެ ނިންމުމަށް ތާއިދު ނުކުރައްވާކަން ހާމަކުރައްވަމުން ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނާއި ފަންޑޭއް ހަވާލުކުރަނީ އެފަންޑު ބަލަހައްޓާ އެއިން ނަގާގައިގެން މީހުން ހައްޖާއި އުމްރާއަށް ފޮވުމަށްކަމަށެވެ. އެހެންކަމުން ގެސްޓް ހައުސް ހިންގަން ހައްޖުކޯޕަރޭޝަނުން މަސައްކަތް ކުރުން އެއީ އޭގެ ޒާތުގައި އެންމެ ފައިސާ ހުރި ގޮތްތޯ ކުންފުނީގެ ބޯޑުންނާއި ކުންފުނީގެ ހިއްސާދާރުން ވިސްނާލަން އެބަޖެހޭކަމަށެވެ. 

" އާއްމު ގޮތެއްގައި އެކްސެސް ފަންޑު ހުރެއްޖެކަމަށް ވެއްޖެއްޔާ އެކަމުގެ ސްޕެޝަލިސްޓުނާއި ހަވާލުކޮށްގެން ފަންޑު މެނޭޖްކޮށްގެން އޭގެ ފައިދާ ކުންފުންޏަށް ހޯދައިފި ކަމަށްވެއްޖެއްޔާ އޭގެ ނަތިޖާ ރަނގަޅުވާނެކަމަށް މި ފެންނަނީ." ޒަމީރު ވިދާޅުވިއެވެ.

your imageފިނޭންސް މިނިސްޓަރު ޒަމީރު މަޖިލީހުގައި ވާހަކަ ދައްކަވަނީ 

ސަރުކާރުގެ މަސްއޫލިއްޔަތު އަދައިކުރާ މިންވަރު ބަލާ ކޮމިޓީގެ މިދިޔަ މަހުގެ 6 ވަނަދުވަހު ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދަޅުވީ އެ ކޯޕަރޭޝަނުން މިހާރު މީހުން ފޮނުވަނީ ގެއްލުމުގައިކަމަށެވެ. އެވްރެޖްކޮށް ގާތްގަނޑަކަށް ލައްކައެއްހައި ރުފިޔާ ކޮންމެ ހައްޖުވެރިއަކަށް ހަރަދުކުރަން ޖެހޭކަން ފާހަގަކުރަމުން ޝަކީލް ވިދާޅުވީ ވިޔަފާރިތަކަށް އެ ކުންފުނިން އިންވެސްޓްކުރަން ނިންމައި، ބައެއް މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން ބޭރު ފައިސާ ހޯދަން މާފުށީގައި ގެސްޓްހައުސްއެއް ތަރައްގީކޮށް، ހަލާލް ޓޫރިޒަމް ތައާރަފުކުރަން ނިންމާފައިވާކަން ޝަކީލް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް