ހުޅުމާލެ ފަޔާ ސްޓޭޝަނާއި ދިމާއިން ފަޅުތެރޭގއި މަރުވެފއި އޮއްވާ ފެނުނު މީހަކީ މ. މަޑުއްވަރީ ކޮކޮނަޓްވިލާ، އުމުރުން 36 އަހަރުގެ އިބްރާހިމް ޖިނާހުއެވެ. އޭނާގެ ޖަނާޒާގެ ކަންކަން ރޭ ވަނީ ނިންމާފައެވެ.
ޖިނާހަކީ ކަންނެލި ދޯންޏަކުން މަހަށް ދާ މީހެކެވެ. ކުރން ރަށު ދޯނިތަކުގއި މަސްވެރިކަން ކުރި ޖިނާހް މިހާރު މަހަށް ދަނީ އެހެން ރަށެއްގެ ދޯންޏެއްގައިކަމަށް އެރަށު މީހުން ބުނެއެވެ.
ޖިނާހު މަރާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން އިއްޔެ ބުނީ މޫދުން ނަގައިގެން ޖިނާހް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.