ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް އަތުން އާސެނަލް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ޔުނައިޓެޑު އަތުން މޮޅުވި މި މެޗަކީ، ޔުނައިޓެޑްގެ ކޯޗު ކަމާއި އަލަށް ހަވާލުވި ރުބެން އަމޮރިމްއާއެކު ޔުނައިޓެޑު ޓީމު ބަލިވި ފުރަތަމަ މެޗެވެ.
އާސެނަލް އިން މި މެޗުގައި ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ 54 ވަނަ މިނިޓުގައި ޑިފެންޑަރ ޖުރިއެން ޓިމްބަރ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ދެވަނަ ލަނޑު ޖެހީ، ވިލިއަމް ސަލީބާ އެވެ.
މި މެޗުން އާސެނަލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 28 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ ލިބިފަ އެވެ.