
މިއީ އެ ސްކޫލުގެ ޔޫކޭޖީ ދަރިވަރުން އެދުނު އެދުމަކަށް ރައީސް އިޖާބަދެއްވި ދެއްވުމެކެވެ.
މާފަންނު މަދަރުސާގެ 40 އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު އެ ސްކޫލުގެ ގްރައުންޑުގައި ހޯލެއް އަޅުއްވައިދެއްވާނެ ކަމަށެވެ. މިހާރު އެ ސްކޫލުގައި ހުރި ހޯލަކީ ތިން ވަނަ ފަންގިފިލާގައި ހުރި ހޯލަކަށް ވުމުން، ދަރިވަރުންގެ މައިންބަފައިންނާއި މާމަ، ކާފައިންނަށް އެރުމަށް ދަތިވާ ކަމަށް ދަރިވަރުން ފާހަގަކުރި އެވެ.
ރައީސް ވިދާޅުވީ މާފަންނު މަދަރުސާއަކީ ގައުމަށް ފަހުރުވެރި އެތައް ދަރިވަރުންނެއް އުފައްދާފައިވާ ސްކޫލެއް ކަމަށާއި، އެ ސްކޫލުގެ ކުރިއެރުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމަށެވެ.
ކޮމިއުނިޓީ ސްކޫލުތަކުގެ ކުރިއެރުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެނަމަ، އެކަމެއް މި ސަރުކާރުން ކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.