ލޮލުގައި ބަނދެފައިވާ ފޮތިގަނޑަކާއެކު، މޫދުގައި ހުރި މީހެއްގެ ގޮތުގައި ތަމްސީލުކޮށް ނަގާފައިވާ މި ފޮޓޯއާއެކު، އޭނާ ވަނީ އެ ދުވަސްވަރު ވިލިނގިލީ ޖަލުގައި ހިނގި އަނިޔާވެރި ހާދިސާތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޖަލު ބަންދުގައި ތިބި މީހުން މިޔަރު އުޅޭ ސަރަހައްދަށް ބާލައި އަނިޔާ ކުރި ކަމަށް ބުނާ ވާހަކަތަކެވެ.
ރީކޯ މޫސަ މަނިކު ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނު އަސާސީއެއް އޮވެ، އޭގައި ރައްޔިތުންގެ ބާރެއް ނެތި، އަދުލު އިންސާފު ގާއިމުކުރާނެ މިނިވަން ފަނޑިޔާރުގެއެއް ނެތި، އަދި ރައްޔިތުންގެ ފަރާތުން ބަހެއް ބުނާނެ މިނިވަން ނޫސްވެރިކަމެއް ނެތް ނަމަ، މިފަދަ އަނިޔާވެރި ހާދިސާތައް ތަކުރާރުވުން އެކަށީގެންވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;