ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް
އިންތިހާބުތަކާ ދިމާކޮށް ސާލިހް 1،900 ކުށްވެރިން މިނިވަންކުރި : މުއިއްޒު
އެކިއެކި އިންތިހާބުތަކާއި ދިމާކޮށް މިދިޔަ ސަރުކާރުން ފަސް އަހަރުތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް 1،900 ކުށްވެރިން މިނިވަންކުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަތޮޅާއި ކ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. 

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ މިދިޔަ ސަރުކާތުން ކުށްވެރިން މިނނިވަންކުރި ދުވަސްވަރާއި އަދަދުތައް ހާމަކުރައްވާފައެވެ. އެގޮތުން  އެކު ިއންތިހާބުތަކާއި ދިމާކޮށް ކޮންމެ އިންތިހާބަކަށް 100 ވަރަކަށް ކުށްވެރިން މިދިޔަ ސަރުކާރުން މިނިވަންކުރިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

މިދިޔަ ސަރުކާރުން ކުށްވެރިން މިނިވަންކުރެއްވި ގޮތްކަމަށް ރައީސް ވިދާޅުވި ނަމްބަރުތައް 

  • ރިޔާސީ އިންތިޚާބާ ދިމާކޮށް މިދިޔަ އަހަރު 429 ކުށްވެރިން 
  • 2022 ވަނަ އަހަރު 256 ކުށްވެރިން 
  • ކައުންސިލް އިންތިޚާބާ ދިމާކޮށް 2021 ވަނަ އަހަރު 458 ކުށްވެރިން 
  • 2019 ވަނަ އަހަރު 762 ކުށްވެރިން 

your imageތޮއްޑު ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ 

ރައީސް މުއިއްޒު ވިދާޅުވީ މަފުމަތީގައި ހިންގާ ނުރައްކާތެރި އަނިޔާވެރިކަން ކަން ހިގަމުން އަންނަނީ ކުށްވެރިން މިގޮތަށް ދޫކޮށްލުމުންކަމަށެވެ.

"އެކި އިންތިހާބުތަކާ ދިމާކޮށް ޖަލުތަކުގައި ތިބޭ ކުށްވެރިން އެއްވެސް ވަރެއްގެ ރިހެބްލިޓޭޝަނެއްގެ ތެރެއަށް ނުގޮސް މަގުމައްޗަށް ދޫކޮށްލާތަން. އޭގެ ސަބަބުން ވަރަށް ގިނަ އެކި ކަހަލަ ނުރައްކާތެރި ކަންތައް އަނިޔާވެރި ކަންކަން މަގުމަތީ ހިނގާ." ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ވެރިކަމުގައި ކްލެމެންސީއާއި އަދި ރައީސަށް ލިބިދީފައިވާ ބާރުގެ ތެރެއިން އަދަބު ލުއިކޮށްދީގެން ވެސް މާފުދީ މިނިވަންކޮށްފައިވާނީ 86 ކުށްވެރިން ކަމަށެވެ. މި ސަރުކާރުން އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ވިސްނުމެއްގައި އެއްވެސް ބަޔަކު ޖަލުން ދޫކޮށްލާފައިނުވާނެ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް