އާސެނަލްއާ ފުލަމް މިރޭ، ފުލަމްގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި އާސެނަލްގެ ޒުވާން ފޯވާޑު ބުކާޔޯ ސަކާ، މެޗުގެ ކުރީކޮޅު ޖެހި ލަނޑު ރެފްރީ ބަލައި ނުގަތެވެ. އެ ލަނޑު ބަލައި ނުގަތީ އޮފްސައިޑެއް ކަމަށް ނިންމާފައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު އާސެނަލް އޮތީ 15 މެޗުން، 29 ޕޮއިންޓް ހަމަކޮށްގެން ދެވަނައިގައެވެ. އެއްވަނައިގަ ލިވަޕޫލް އޮތީ 14 މެޗުން 35 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ ޗެލްސީ އޮތީ، 15 މެޗުން 28 ޕޮއިންޓާއެކުއެވެ.