ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ކްލަބް އެޗްޑީސީން ކުޅުނު ދެވަނަ މެޗުގައި އީރާނުގެ ޗަދޯރުމަލޫ އަތުން ބަލިވިނަމަވެސް މި މެޗުގައި އެޗްޑީސީން މޮޅު ކުޅުމެއް ކުޅުނެވެ.
ތިން ވަނަ މެޗުގައި އެޗްޑީސީން މިއަދު ނުކުންނާނީ އިންޑިއާގެ ކަލިކަޓްއާ ދެކޮޅަށެވެ.
އެޗްޑީސީ އިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލުގެ ގަންޑާކީ އަތުން 3-2 ގެ ނަތީޖާ އަކުން މޮޅުވެފަ އެވެ.