ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯ އޮންނާނީ މާދަމާއިން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ އާންމުން ސައިބާ ސެކިއުރިޓީއަށް އަހުލުވެރިކޮށް، ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމެވެ.
އެމްއައިބީން ބުނީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގައި ޓޫ ފެކްޓާ އޯތެންޓިކޭޝަނާއި ބަޔޮމެޓްރިކް އަންލޮކިން ފަދަ ރައްކާތެރިކަމުގެ ގިނަ ފީޗާތަކެއް ހިމަނާފައިވާ ކަމަށެވެ. އަދި އެކްސްޕޯގައި މި ފަދަ މައުލޫމާތުތައް ހިއްސާކުރުމަށް ހާއްސަ ސްޓޯލެއް ބަހައްޓާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެކްސްޕޯގައި ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދާއިރާގެ ތަޖުރިބާކާރުން ހިއްސާކުރާނެ ކަމަށް ފުލުހުން ވެސް ބުނެއެވެ.