ads
އެމްޑީޕީގެ ޖަލްސާގައި ރައީސް އިބޫ ވާހަކަ ދައްކަވަނީ
ފެންނަނީ ނާމާން ބަނަ ދުވަސްތަކެއް: އިބޫ
ކުރިމަތިން ފެންނަނީ ނާމާން ކަމާއި އެކު ބަނަ ދުވަސްތަކެއް ކަމަށް ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅު ވެއްޖެ އެވެ.
Advertisement

ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ، އެމްޑީޕިން އިސްނަގައިގެން، ގާނޫނު އަސާސީގެ ދިފާއުގައި ނަމުގައި ކުރިއަށް ގެންދާ އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސާލިހް ވިދާޅުވީ ބަލައިލި ކޮންމެ ދިމާލަކުންވެސް ރައްޔިތުންނަށް ފެންނަނީ، އިތުބާރު ގެއްލިއްޖެކަމުގެ މަންޒަރުތައް ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ، ގެއްލިފައިވާ ހައްގުތައް ހޯދަން ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ.

"އެންމެން ކުރަންވީ ކަމަކީ ފަހަށް ނުޖެހި އެންމެން ނުކުންނަންވީ. ބާރު އޮތީ ރައްޔިތުންގެ އަތް މަތީގައި. އެމްޑީޕީ އޮތީ ރައްޔިތުންނާއެކު. ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް"

އިބްރާހިމް މުހައްމަދު ސާލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީން މަގުމައްޗަށް ނުކުތީ އަހަރެއްވަންދެން ބެލުމަށް ފަހު ކަމަށެވެ. އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހުދުމުހުތާރު ވެރިކަމެއް އަލުން ގެނައުން ކަމަށެވެ.

އެމްޑީޕިން މާލޭގައި ބޭއްވި އެއްވުން ފެށުމުގެ ކުރިން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށް އިގުރާރުވެފައެވެ.

އަދި މީގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުންވަނީ ޕެޓިޝަނެއް ފާސްކޮށްފަ އެވެ. އަދި އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީންވަނީ ނިންމައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް