![](https://cnm.mv/media/images/IMG_3818.jpg)
ސަރުކާރުން، ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެ ކަމަށް ވިދާޅުވީ، އެމްޑީޕިން އިސްނަގައިގެން، ގާނޫނު އަސާސީގެ ދިފާއުގައި ނަމުގައި ކުރިއަށް ގެންދާ އެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ސާލިހުގެ ވާހަކައިގައިވަނީ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ބެންޗު، ސަރުކާރުން ބަދަލު ކުރާނެ ކަމަށް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވިއިރު، މިހާރު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިބި ހަތް ފަނޑިޔާރުންނަކީވެސް އެމްޑީޕީގެ ވެރިކަމުގައި، ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުމަށް ފަހު އައްޔަން ކުރި ބެންޗެކެވެ.
އެމްޑީޕީގެ ވެރިކަމުގައި، 2019 ވަނަ އަހަރު އޭރު އޮތް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، މަޖިލީހަށް އެމްޑީޕީއަށް ލިބުނު ބޮޑު މެޖޯރިޓީގެ ބޭނުން ހިފައިގެންނެވެ. އޭރު ސުޕްރީމް ކޯޓުގެ މުޅި ބެންޗު އެމްޑީޕީން ބަދަލު ކުރީ، އުއްތަމަ ފަނޑިޔާރުވެސް ހިމެނޭހެންނެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ ފެހި ގާނޫނުއަސާސީ އެކުލަވައިލި އިރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ، އެއިރުގެ ވިސްނުމަކީ ހުރިހާ ބާރެއް ރައްޔިތުންގެ އަތުގައި ބޭއްވުން ކަމަށެވެ.
އެމްޑީޕީގެ މިރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އަސާސީއަށް ގެނައި ބަދަލުތަކާ ދެކޮޅަށް ޕެޓިޝަނެއް ހަދައި ސޮއި ކުރަން ފަށަން ވެސް އެ ބައްދަލުވުމުގައި ފާސް ކުރި އެވެ.