ހައުސިން މިނިސްޓްރީން ބުނީ ފްލެޓްތަކުގެ ލިޔެކިއުންތައް ސަލާމަތުން ހުރުމުގެ އިތުރުން އެ މިނިސްޓްރީގެ އެއްވެސް މުވައްޒަފަކަށް ވެސް އަނިޔާ ނުވާކަމަށެވެ.
މިއަދު ހެނދުނި 07:15 ކަންހާއިރި ރޯވި އަލިފާންގަނޑު ކޮންޓްރޯލްވީ 9 އެއް ވެސް ޖެހިފަހުންނެވެ. އަލިފާންގަނޑު ކޮންޓްރޯލްވި ނަމަވެސް އަދިވެސް އިމާރާތުން ދަނީ ބޯ ދުން އަރަމުންނެވެ.
އަލިފާނުގައި މިނިސްޓްރީ ވަނީ އެއްކޮށް އަނދަައިގެން ގޮސްފައެވެ. މިހާރު ފެންނަން ހުރީ އެ އިމާރާތުގެ ދަނގަޑު ފްރޭމް އެކަންޏެވެ.