ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިއަދުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން އިމާރާތެއްގެ ހަތް ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަގުތު ކުރަމުން އަންނަކަމަށެވެ.
ވަގުތީ ހިޔާތަކަށް ބަދަލުކުރަނީ 15 ފިރިހެނުންނާއި 14 އަންހެނުންކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އޭގެ ތެރޭގައި ސިއްހީ ހާއްސަ އެހީތެރިކަން ބޭނުންވާ މީހަކު ހިމެނޭކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. އެ އިދާރާއިން ބުނީ މީހުން ބަދަލުކުރި މިގެތަކަކީ މ.ލޯކަށިގެ، މ.ކުދިމާވިލާ، މ.ލޫބިޔާކަމަށެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ފެނާއި ކަރަންޓު ކެނޑިފައިވާ އިމާރާތްތަކަށް ފެނާއި ކަރަންޓު އަލުން ގުޅުއިދިނުމުގެ މަސައްކަތް ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއާ ގުޅިގެން ކުރަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.