އީސީއަށް ހުށަހެޅުއްވި ދެ ނަމަކީ މުހައްމަދު ޒާހިދު އަދި އަބްދުއްރަހްމާން ސޮލާހް ރަޝީދެވެ. މި ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ އީސީގެ މެންބަރުކަމަށް އާންމުކޮށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ނެވެ.
މުހައްމަދު ޒާހިދަކީ އެޗްއާރްސީއެމްގެ ނައިބު ރައީސްކަމާއި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސޮލާހް ރަޝީދަކީ އީސީގެ ސެކްރެޓަރީ ޖެނެރަލްކަމާއި ހޯމް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އީސީގެ މެންބަރުކަމުގެ މަގާމުތައް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތު އަދި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ. މި މައްސަލަ ދިރާސާކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.