ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ލޯނާއި އިންޓްރެސްޓަށް އެއް ބިލިއަން ދައްކައިފި
މިއަހަރުގެ މިހާތަނަށް ލޯނާއި އިންޓްރެސްޓްގެ ގޮތުގައި ބިލިއަން ރުފިޔާ ދައްކާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މި އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ އަހަރެވެ. އެގޮތުން  18 ބިލިއަން ރުފިޔާ ދަރަންޏާއި ފައިނޭންސިން ކޮސްޓަށް ދައްކަން މިއަހަރު ރައްޖެއިން ޖެހެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭނީ އަންނަ މަހު ސުކޫކަށެވެ. ސުކޫކަށް  ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދައްކަންޖެހެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ލޯނުތަކަށް ވަނީ 636 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި 412 މިލިއަން ރުފިޔާ ދައްކާފައިވާކަންވެސް ހިސާބުތަކުން އެނގެއެވެ. 

މިއަހަތު ދައްކަން ޖެހޭ ސުކޫކަށް ބޭނުންވާ ފައސާގެ ތެރެއިން 150 މިލިއަން ޑޮލަރު އަދާކުރުމަށް ނިންމާފައިވަނީ އެސްޑީއެފްއަށް ޖަމާކޮށްފައިވާ ބޭރުފައިސާއިން ކަމަށް ފީނޭންސް މިނިސްޓްރީން ބުނެއެވެ. 

ސުކޫކުގެ އެއްބައި އަނބުރާ ދެއްކުމަށްފަހު ބާކީ ވާ މިންވަރު ރީފައިނޭންސް ކުރަން ނިންމާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އެކަން ކުރުމަށްޓަކައި ނަގާ އެއްވެސް ލޯނެއްގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ކަމަށްވސް ސަރުކާރުންވަނީ  ބުނެފައި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;