ޖަމިއްޔަތުލް އަޚްވާތުން އިޝްތިހާރުކޮށްފައިވާ ގޮތުގައި މި ދަރުސް ދެއްވާނީ، އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްއެވެ. ދަރުސް އޮންނާނީ، ދިމްޔާތުގެ ހަތްވަނަ ފަންގިފިލާގަ އެވެ.
ޖަމްއިއްޔަތުލް އަޚްވާތުގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ މި ދަރުހުގެ ޕޯސްޓަރުގައިވާ ގޮތުން، "އުޚްތުންނަށް" ހާއްސަކޮށް ބާއްވާ މި ހާއްސަ ދަރުސް އޮންނާނީ މިރޭ، 8:15 ގައެވެ.
ޖަމްއިއްޔަތުލް އަޚްވާތަކީ ދީނީ އެކިއެކި ދަރުސްތަކާއި އެ ފަދަ ޕްރޮގްރާމްތައް ހިންގާ ޖަމިއްޔާއެވެ. މި ޖަމިއްޔާގެ "އަނިޔާ" ދަރުސް ދެއްވަން ކަނޑައަޅުއްވާފައިވާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމްއަށް ދޫކޮށްފައިވާ ދީނީ އިރުޝާދު ދިނުމުގެ ހުއްދަ ކުރީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީން ހިފެހެއްޓިއެވެ.