އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ދަނީ ރައްޔިތުން އަޅުވެތިކަމުގެ ބަނދެލުމަކަށް ވައްދަމުން ކަމަށެވެ. އަދި ރައްޔިތުން ދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުންތަކުގެ ތެރެއަށް ވަދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ އާސަންދައިން 101 މިލިއަން ރުފިޔާ ކަނޑާލި އިރު، ސިޔާސީ މުވައްޒަފުންނާ ގުޅުން ހުރި ކަންކަމަށް 1.4 ބިލިއަން ރުފިޔާ އިތުރު ކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އިސްވެރިންގެ އަމިއްލަ މަންފާއަށް ބޭކާރު ހޭދަތައް ކުރަމުންދާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ. އަދި ރައްޔިތުންގެ ވޭނުގެ އަޑު އަހާނުލައި ސަރުކާރުން ދަނީ ކުރިއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.