މޯލްޑިވް ގޭސް އިން ބުނެފައި ވަނީ ދެ ފަރާތުގެ ވެސް ސަލާމަތަށްޓަކައި އެ ކުންފުނިން ނިންމާފައި ވަނީ ގޭސް ފުޅި ގެއާ ހަމައަށް ގެންގޮސް ދިނުމަށް ކަމަށެވެ. އަދި ހުސް ގޭސް ފުޅި އެޕާޓްމަންޓްގެ ބޭރުން ނެގޭ ގޮތަށް ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.
"މިކަން މިގޮތަށް ކުރުމަށް ނިންމާފައި ވަނީ ދެފަރާތުގެ ވެސް ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. ވީމާ މި ދަތި، އުނދަގޫ ދަނޑިވަޅުގައި ހުރިހާ ކަސްޓަމަރުން ވެސް ކެތްތެރިވެ ތިއްބަވައިގެން ތި ދެއްވާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މޯލްޑިވް ގޭސް އިން މިއަދު ކަސްޓަމަރުންނަށް ނެރުނު ނޯޓިސްއެއްގައި ބުނެފައި ވެއެވެ.