އޭނާ ފާހަގަކުރި ގޮތުގައި ބޮލީވުޑްގެ ގިނަ ފަންނާނުން ދިރިއުޅެމުންދަނީ ހަގީގަތާ އެއްވެސް ގުޅުމެއް ނެތް ދުނިޔެއެއްގައެވެ.
އާއްމު ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި ވާހަކަތައް ކިޔައިދިނުމުގެ ބަދަލުގައި ބޮލިވުޑްގެ ފިލްމުތަކުގައި އެންމެ އިސްކަމެއް ދެނީ ހަށިގަނޑު ބިލްޑްކޮށް، އައިޓަމް ލަވަތަކާއި، ބީޗް މަންޒަރުތައް ދެއްކުމަށް ކަމަށް އޭނާ ބުންޏެވެ.
ދެކުނު އިންޑިއާގެ ފިލްމުތަކުގައި އާއްމު ރައްޔިތުންގެ ދިރިއުޅުމާއި ގުޅުންހުރި ވާހަކަތައް ގެނެސްދޭކަމަށާއި، އެކަމަކީ އެ ފިލްމުތަކަށް ލިބެމުންދާ ކާމިޔާބީގެ މައިގަނޑު ސަބަބު ކަމުގައި ކަންގަނާ ބުންޏެވެ.