ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ބުނީ މިއަދު ހެނދުނު ނ.ހެނބަދޫއަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ 75 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ.
އެންޑީއެމްއޭއިން ބުނީ ހެނބަދޫ ކައުންސިލާއި އެމް.އެން.ޑީ.އެފްގެ އެހީތެރިކަމާއެކު ފެން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންކަމަށެވެ.
ހެނބަދޫ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި
ނ. ހެނބަދޫއަށް ކުރި ވިއްސާރައިގެ ލިބުނު ގެއްލުންތަކާއި ގުޅިގެން ބޭނުންވާ ކުއްލި އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް ރެޑްކްރެސެންޓް ވެލިދޫ ވޮލެންޓިއަރުންގެ އެހީތެރިކަމާއިއއެކު ކައުންސިލް މެދުވެރިކޮށް ކުރަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ.