އެމްޓީސީސީން މިއަދު ބުނީ މި މަޝްރޫއުގެ ދަށުން ޖިއޯބޭގްއަށް ވެލި އެޅުމުގެ 35 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ޖިއޯބޭގް ޖެހުމުގެ 21 ޕަސަންޓު މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.
ޖުމަލަ 17.57 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ އޯގަސްޓު މަހު އެވެ.