ads
1445 ވަނަ އަހަރު ހައްޖަށްްް ދާ ބައެއް ދިވެހިން ފުރަން ބޯޓަށް އަރަނީ
ރ އަތޮޅު ކޮންމެ ރަށަކުން އެކަކު ހިލޭ ހައްޖަށް ފޮނުވަނީ
އަމިއްލަ މީހެއްގެ ހަރަދުގައި ރ އަތޮޅު ކޮންމެ ރަށަކުން އެކަކު ހިލޭ ހައްޖަށް ފޮނުވަން ނިންމާ އެކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
Advertisement

ރ. އަތޮޅުގެ ކޮންމެ ރަށަކުން އެކަކު ހައްޖަށް ފޮނުވަން ނިންމާފައިވަނީ އެ އަތޮޅު ރ. ކިނޮޅަހު އޯޝަންވިލާ ހާމިދު އިސްމާޢީލްއެވެ. އޭނާ ނިންމާފައިވަނީ ރ.އަތޮޅުގެ ކޮންމެ ރަށަކުން އެކަކަށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، ހައްޖަށް ގެންދާ ޖަމާޢަތަށް ދައްކަންޖެހޭ ފައިސާ އޭނާގެ ހަރަދުގައި ދެއްކުމަށެވެ. 

ރ އަތޮޅުގެ ބައެއް ރަށު ކައުންސިލުން ވަނީ މި ފުރުސަތަށް ރަށު ރައްޔިތުން ކުރިމަތިލުމަށް ހުޅުވާލާފައެވެ. އެގޮތުން މި ފުރުސަތަޢް ކުރިމަތިލެވޭނީ  އުމުރުން 40 އަހަރު ފުރި މާލީތަނަވަސްކަން ނެތުމުގެ ސަބަބުން ފަރުޟު ހައްޖު ވެވިފައިނުވާ ފަރާތްތަކަށް ކަމަށް ކައުންސިލުން ބުނެއެވެ. 

ރ، މަޑުއްވަރ ކައުންސިލުން ނެރުނު އިއުލާނެއްގައިވަނީ އެ ރަށު ރައްޔިތުންގެ ތެރެއިން މިކަމަށް ޝަރުތުތައް ހަމަވާ ފަރާތްތަކުން މާދަމާގެ ކުރިން ސިޓީއަކާއިއެކު އައިޑީކާޑްގެ ދެފުށުގެ ސާފު ކޮޕީއެއް ހުށައެއެޅުމަށް ހުޅުވާލާފައެވެ. ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަފަރާތްތަކުން ކުރިމަތިލާފައިވާނަމަ، މީހަކު ހޮވުން ކުރިއަށް ގެންދެވޭނީ ގުރުއަތުލައިގެންކަމަށްވެސް ކައުންސިލުން ބުނެއެވެ. 

މާލީ ތަނަސްވަސްކަން ނެތް 1000 މީހުން މި ދައުރުގެ ތެރޭގައި ހައްޖަށް ފޮނުވުމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެވެސް ރިޔާސީ ވައުދު ފުޅެކެވެ. މިގޮތުން މިއަހަރު 50 މީހަކަށް ދައުލަތުގެ ހަރަދުގައި ވަނީ ހައްޖަށް ފޮނުވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް