އިމިގްރޭޝަނުން އެ އާއިލާ ރާއްޖެއިން ފޮނުވާލަން މަސައްކަތް ކުރަމުންދާއިރު، އެ އާއިލާ ރާއްޖޭގައި ބެހެއްޓުމަށް ސަރުކާރަށް އެޕީލް ކުރަން ނިންމާފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އެ އާއިލާގައި ހިމެނެނީ ދެ މަފިރިންނާއި އެ މީހުންގެ ކުދިންނެވެ.
ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު
ރާއްޖެއިން ހިއްސާވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް ބަލާއިރު އެ އާއިލާއަށް އެހީވުމަކީ ރާއްޖޭގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ވެސް ބޭރު ގައުމުތަކުގެ ހިމާޔަތް ލިބިވަޑައިގެންފައިވާ ކަމަށް އާޒިމާ ފާހަގަކުރެއްވި އެވެ.